އަނޯނާ ފަތުން ހަށިގަނޑަށް ލިބޭ ފައިދާ

ސޯސަޕް ގަސް

ސަވަސެޕް ގަސް ނުވަތަ ސައިންޓިފިކް ނަމުންކިޔާނަމަ "އަނޯނާ މުރިކާޓާ" އަކީ އޭގައި އެތަކެއް ފައިދާއެއް ލިބޭ ގަހަކަށް ވާއިރު، މިއީ އެމެރިކާގެ ޓްރޮޕިކަލް ހިސާބުގައި ވަރަށް އާންމުކޮށް ވަރަށް ގިނައިން ހައްދާއެއްޗެކެވެ. ތިރީގައި މިހިމަނާލަނީ އަނޯނާ މޭވާއިން ލިބޭ ބައެއް ފައިދާތަކެވެ.

ލެއަށް ދިމާވާ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި އަނޯނާ ފަތް

އަނޯނާ ފަތަކީ އެނީމިއާ ފަދަ ލެއަށް ޖެހޭ ބަލިތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. މިގޮތުން މިވައްތަރުގެ ފަތުގައި ވަރަށް ގިނަ އަދަދަކަށް ދަގަނޑުގެބައި ހިމެނޭއިރު މީގެ ސަބަބުން ރެޑް ބްލަޑް ސެލް ހަށިގަނޑުގައި އިތުރު ކޮށްދެއެވެ. އަނޯނާ ފަތުގައި އެންޓިބެކްޓީރިއަލް މާއްދާ ހިމެނޭތީވެ ހަށިގަނޑުގައި ޖަރާސީމު އަށަގަތުމުންވެސް ދުރުކޮށްދެއެވެ. ފާރުވެ ކެނޑިފައިވާ ތަންތަނުގައި މިވައްތަރުގެ ފަތްއެޅުމުން އެތަންތަން ފަސޭހަވުން އަވަސްކޮށްދެއެވެ.

އަނޯނާ ފަތާއި ހަޖަމްކޮށްދިނުމުގެ ނިޒާމް

އަނޯނާ ފަތަކީ ހަޖަމްކޮށްދިނުމުގެ ނިޒާމަށްވެސް ވަރަށް ގިނަ ފައިދާތަކެއް އޭގެން ލިބިދޭ އެއްޗެކެވެ. ގޮހޮރަށް އެންމެ އާންމުކޮށް ދިމާވާ ބޭރަށްހިންގުމާއި އަދި ބޮޑުކަމުނުދެވުމުގެ މައްސަލައަށް މީގެ ފަތުން އެހީވެދެއެވެ. މީގެ އިތުރުން މިގަހުގެ މޭވާގެ ދިޔަ ފެނާއެއްކުރުމަށްފަހު ބޭރަށްހިންގާ ކުޑަކުދިންނަށް މީގެދޭއް ނޫނީ ތިން މޭޒުމަތީސަމުސާ ދެވިދާނެއެވެ. ފައިބަރވެސް މީގައި ގިނަ އަދަދަކަށް ހިމެނޭއިރު ގޮހުރުން އެއްޗެތި ފަސޭހަކަމާއެކު ދައުރުކޮށްދިނުމަށް އެހީވެދީ ބޮޑުކަމުދިޔުމުގައި ދިމާވާ މައްސަލަ ހައްލުކޮށްދެއެވެ.

އަނޯނާ ފަތް ހަކުރުބައްޔަށް

އަނޯނާ ފަތަކީ ހަކުރުބަލި ކޮންޓްރޯލްކުރުމަށް ވެސް އެހީތެރިވެދޭ، އަދި ހަށިގަނޑުގައި ހަކުރު ހިމެނޭވަރު އެއްހަމައެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. ހަށިގަނޑުގައި އާންމުކޮށް ހަކުރު ހުންނަންޖެހޭ މިންވަރަކީ 70 އާއި 120 މިލިގްރާމާ ދެމެދެވެ. އެހެންކަމުން އަނޯނާ ފަތަކީ ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

އަނޯނާ ފަތް ކެންސަރަށް

އަނޯނާ ފަތަކީ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީވެދޭ އެއްޗެކެވެ. މިގޮތުން މިވައްތަރުގެ ފަތުގަައި ކެންސަރުގެ ސެލްތައް ނައްތާލާ މާއްދާތައް ހިމެނޭއިރު އާންމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތައް ކަމަށަވާ ޕްރޮސްޓޭޓް، މޭ، އުރަމަތީ އަދި ޕުއްޕާމޭގެ ކެންސަރު ޖެހުމުން ސަލާމަތް ކޮށްދެއެވެ.

އަނޯނާ ޕްފަތް އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި

އެންޓިއޮކަސިޑެންޓަކީ ހަށިގަނޑު ސާފުކޮށްދީ އަދި ތަފާތު ވިހަ މާއްދާތަކާއި ފްރީރެޑިކަލްސްއިން ހަށިގަނޑު ސަލާމަތްކޮށްދޭ އެއްޗެކެވެ. ހޫނުފެނުގެ ތެރެޔަށް ތާޒާ ނުވަތަ ހިއްކައިފައިވާ މީގެފަތް ކުދިކުދިކޮށް ކޮށުމަށްފަހު އަޅައިގެން ސައިވެސް ތައްޔާރު ކުރެވިދާނެއެވެ. އެއަށްފަހު 30 މިނިޓް ވަންދެން މިފަތްތައް ބެހެއްޓުމަށްފަހު ފުރާނާލާށެވެ. މާބޮޑަށް ހިތި ރަހަދޭނަމަ މާމުއި ނުވަތަ ހަކުރު ފަދަ އެއްޗެއް އޭގެތެރެޔަށް އަޅައިގެ ބޭނުންކުރާށެވެ.

comment ކޮމެންޓް