މެންޗެސްޓާ ޔުނައިޓެޑް ފޭސްބުކް ޕޭޖްގެ ކަވަރ ފޮޓޯއިން ރޫނީ އުނިކޮށްފި

މެންޗެސްޓާ ޔުނައިޓެޑް ފޭސްބުކް ޕޭޖަށް ރޫނީ ނުލާ އަޕްޑޭޓް ކުރި ކަވަރު ފޮޓޯ--

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ވޭން ރޫނީ އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖްގް ކަވާރ ފޮޓޯއިން އުނިކޮށްފިއެވެ.

މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑްގެ އަވޭ ޖާޒީއާ އެކު އެޓީމުގެ އެންމެ މުހިއްމު ހަތަރު ކުޅުންތެރިން ހިމަނައިގެން ފޭސްބުކަށް ލާފައިވާ ކަވާ ފޮޓޯގައި ރޫނީ ހިމެނުނު ނަމަވެސް ފަހުން ރޫނީ އެ ފޮޓޯއިން އުނިކުރުމުން މެންޗެސްޓާގައި ރޫނީގެ މުސްތަގުބަލެއް އެބައޮތްތޯ އަނެއްކާވެސް ވަނީ ސުވާލު އުފެދިފައެވެ.

މެންޔޫއިން އާންމުކޮށްފައިވާ ފޭސްބުކް ކަވާ ފޮޓޯ އެންމެ ފުރަތަމަ މެއި މަހު ނެރުނު އިރު އޭގައި ހިމަނާފައިވަނީ ވޭން ރޫނިގެ އިތުރުން ޕައުލް ޕޮގްބާ،އަންދަރް އެރޭރާ އަދި ޖެއްސޭ ލިންގާޑެވެ.

މެންޗެސްޓާ ޔުނައިޓެޑް ފޭސްބުކް ޕޭޖަށް އެންމެ ފުރަތަމަ އަޕްޑޭޓް ކުރި ކަވަރު ފޮޓޯ--

މެންޗެސްޓާއަށް މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާއަށް މޮރީނިއޯގެ ކޯޗު ކަމުގެ ދަށުން ފަހަކަށް އައިސް ރަނގަޅު ފުރުޞަތުތަކެއް ނުލިބޭ އިރު ރޫނީ އަށް މިހާރުވަނީ މުހިއްމު ނިންމުން ތަކެއް ނިންމަން ޖެހިފައެެވެ.

އަންނަ އަހަރު ވޯލްޑްކަޕް އޮންނައިރު އޭނާ އެމުބާރާތުގައި ފުލް ޓީމުގައި ކުޅެން ބޭނުން ނަމަ ކުރިއަށް އޮތް ސީޒަނުގައި ކޮންމެހެންވެސް ރަނގަޅު ފުރުޞަތު ތަކެއް ބޭނުންވާނެއެވެ.

ރޫނީ ހޯދުމަށް ޗައިނާއާ އެމެރިކާގެ ޓީމުތަކުން ޝައުގުވެރިކަން ފަޅުކޮށްފައިވާއިރު އޭނާ ބުނީ ކުރިއަށް އޮތް ދެތިން ހަފްތާއެއް ތެރޭގައި ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށާއި އެކަމުގައި އާއިލާއާވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

އުމުރުން 31 އަހަރުގެ ރޫނީ އަކީ މެންޗެސްޓާގައި ގިނަ ދުވަސް ތަކެއް އެއް ފެންވަރެއްގައި ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ. އޭނާ މެންޗެސްޓާރއަށް ކުޅެން ފެށީ 2004 ވަނަ އަހަރުއެވެ.

comment ކޮމެންޓް