ޕްރޮޓީން އިން މުއްސަނދިވެފައިވާ މިސެލެޑްއަކީ ރޭގަނޑު އާއިލާ އެކު ކެއުމަށް ވަރަށް ފައްކާއެއްޗެކެވެ. މީގެ އިތުރުން ފިހުނު މަހާއި އަދި ކުކުޅާ އެކު ކެއުމަށް ވެސް ހަމަ އެވަރެއް ނެތެވެ.
ބެނުންވާނޭ ތަކެތި
ބައިޖޯޑް ދަޅުގައި ބަންދުކޮށްފައިވާ ގަރްބަންޒޯބީން ހިއްކުމަށް ފަހު
ބައިޖޯޑް ޗެރީ ނުވަތަ އާދައިގެ ޓޮމާޓޯ ކުދިކުދިކޮށް ކޮށުމަށް ފަހު
މެދުމިނުގެ ކިޔުކަމްބާގެ ދެބައިކޮށްލުމަށް ފަހު އޭގެ އެއްބައި ( ތޮށިމަށައި، އޮށްނަގައި އަދި ކުދިކުދިކޮށް ކޮށުމަށް ފަހު)
¼ ޖޯޑް ބެސިލް ފަތް
ދެ މޭޒުމަތީ ސަމުސާގެ މިންޓް ފަތް ކުދިކުދިކޮށް ކޮށުމަށް ފަހު
މޭޒުމަތީ އެއް ސަމުސާގެ ޕާސްލީ ފަތް ކުދިކުދިކޮށް ކޮށުމަށް ފަހު
½ 1 މޭޒުމަތީ ސަމުސާގެ ލުނބޯހުތު ފަނި
މޭޒުމަތީ ދެ ސަމުސާގެ އޮލިވް އޮއިލް
އެއް ލޮނުމެދު ކުދިކޮށް ކޮށުމަށް ފަހު
1/4 މޭޒުމަތީ ސަމުސާގެ މަސްޓާޑް
ލޮނު އަދި ޕެޕާ
ހައްދަވާނޭ ގޮތް
ބޯތައްޓަކަށް ލުނބޯހުތް ފެން، އޮލިން އޮއިލް، ލޮނު މެދު އަދި މަސްޓަޑު އަޅައި އެއްކޮށްލާށެވެ. އަދި ލޮނާއި ޕެޕާއޭގެ ތެރެޔަށް އަޅާށެވެ. އަދި އެއަށް ފަހު ދެންހުރިއައްޗެތި ބޯތަށިތެރެޔަށް އަޅާލާށެވެ.
ބޯތަށީގައި މަތިޖަހައި އަދި ދޭތެރެދޭތެރެއިން ހަލަމުންގެންދާށެވެ. އަދި އެއަށް ފަހު ފިނިކުރަން އައިސް އަލަމާރިޔަށްލާށެވެ.