ބާޓާގެ ދެވަނަ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި މިރޭ ހުޅުވި ބާޓާ ފިހާރަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޫޓާއި ފައިވާން ވިއްކާ މަޝްހޫރު "ބާޓާ" ގެ ދެވަނަ ފިހާރަ ހުޅުމާލޭގައި މިރޭ ހުޅުވައިފިއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބާޓާފިހާރަ ހުޅުވައިދިނީ ބާޓާ މޯލްޑިވްސްގެ ބްރޭންޑު އެމްބެސެޑަރު އަދި މަޝްހޫރު ލަވަކިއުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންއިން ވިދާލި ތަރި އަބްދުﷲ ފާލިހު އެވެ. އެ ރަސްމިއްޔާތުގައި ދި ޓިއުން ބޭންޑުގެ ފަރާތްތަކުންވެސް ބައިވެރިވި އެވެ.

ބާޓާ އަކީ ސޮނީ ސްޕޯޓްސްގެ ދަށުން ހިންގާ ފްރާންޗައިސް ބްރޭންޑެކެވެ. އެ ފިހާރަ ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސޮނީ ސްޕޯޓްސްގެ މާކެޓިން ހެޑް، ވިދާޅުވީ ހުޅުމާލޭގައި އެފިހާރައިގެ ބްރާންޗެއް ހުޅުވީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެފިހާރައިގެ ތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ބާޓާ ފިހާރަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަދި އެ ފިހާރައަކީ ބާޓާގެ ދެވަނަ ފިހާރަކަމަށާއި، މާލޭގެ ފިހާރައިން ލިބޭ ހުރިހާ އެއްޗެއް އެފިހާރައިން އެއް އަގެއްގައި ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބާޓާ އަކީ ޒުވާނުންގެ މެދުގައި މަޝްހޫރު އަދި ކޮލިޓީ ބޫޓާއި ފައިވާން އަދި އަތް ދަބަސް ފަދަ ތަކެތި ވިއްކާ އިތުބާރު ހިފޭ ބްރޭންޑެކެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ބާޓާ ފިހާރަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިރޭ ހުޅުވި ބާޓާގެ އާ ފިހާރަ ހުންނަނީ ހުޅުމާލޭގެ ބޮޑުމަގުގައި، ނެއިބާހުޑް އެކެއްގައެވެ.

comment ކޮމެންޓް