މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ދިވެހި 10 ކުޅުންތެރިއަކު ވާދަކުރަނީ

މުހައްމަދު އަޖްފާން--- އެމްއޯސީ ފޮޓޯ/ މުޙައްމަދު އަހްސަން

މި މަހުގެ 15 ވަނަ ދުވަހު ފެށޭ މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ގައުމީ ބެޑްމިންޓަން ޓީމު ބައިވެރިކުރަން ނިންމައިފިއެވެ.

މި ހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އެ މުބާރަތުގައި ރާއްޖޭން ޖުމުލަ 10 ކުޅުންތެރިއަކު ވާދަކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި އަންހެން 6 ކުޅުންތެރިންނާއި ފިރިހެން 4 ކުޅުންތެރިން ހިމެނެއެވެ.

އެ މުބާރާތަށްދާ ފިރިހެން 4 ކުޅުންތެރިންނަކީ ޒަޔާން ޒަކީ، މުހައްމަދު އަޖުފާން، ނިބާލް އަހުމަދު، އަދި މުހައްމަދު އަރްސަލާނެވެ. އަންހެން ހަ ކުޅުންތެރިންނަކީ މައިސާ ފަތުހުﷲ، އައިމިނަތު ޝަހުރުނާޒް، ފާތިމަތު ނަބާހާ، އައިމިނަތު ނަބީހާ، ނީލާ ނަޖީބު، އަދި ނަފްހާ ނަސްރުﷲއެވެ.

މޮރިޝަސްގައި އޮންނަ މުބާރަތާ ގުޅޭ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ އެމުބާރާތުގައި މެޑަލް ހޯދޭނެ ކަމާ މެދު ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ އެހެން ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މެޑަލް ނުހޯދެންވީ ސަބަބެއް ނެތް ކަމަށާއި ހުރިހާ ކުޅުންތެރީންވެސް މެޑައްޔެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް