މިނިސްޓަރު މުއިއްޒު މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބު ދާރީ ވެ ވަޑައިގަންނަވަނީ --- ފޮޓޯ/ މަޖިލިސް

ތ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކުރުމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ތ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށް އެދި މިނިސްޓަރު މުއިއްޒު ހާޒިރު ކޮށްދޭން ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރިންވެސް މިނިސްޓަރު މުއިއްޒު މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ. އެއީ އައްޑޫ ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރާ މައްސަލައިގައެވެ.

އަހަރެއްހާ ދުވަސް ފަހުން މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ މިނިސްޓަރު ތޯރިގް އިބްރާހިމް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ސުވާލަކަށް މިނިސްޓަރު ހާޒިރު ކުރި ނަމަވެސް މިނިސްޓްރީން ހިންގާ އެހެން މަޝްރޫއުތަކާ ގުޅިގެން ސުވާލު ކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބޭނެ އެވެ.

comment ކޮމެންޓް