ބަނގުރާ ބޯންތިބިކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފި

ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލަނީ: ބަނގުރާ ބޯންތިބި ކަމުގެ ތުހުމަތުގައި ފަސް ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ފޮޓޯ: ޕޮލިސް ...

ބަނގުރާ ބޯންތިބިކަމަށް ތުހުމަތުކުރެވޭ ބަޔަކު ލ. ގަމު ތުނޑި އަވަށުގެ ގެއެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ފަސް ދިވެހި ފިރިހެނުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން އެކަކަށް ކޯޓުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އަނެއް ހަތަރު މީހުންނަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް