ގްލޮކޮމާޖެހި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމުގެ ހުއްދައަކަށް އަދީބުގެ އާއިލާ އިން އެދިއްޖެ

04 އޭޕްރީލް 2017: އަހްމަދު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ލޮލުގެ ވަރަށް ނުރައްކާތެރި ބައެއްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އޭނާގެ އާއިލާ އިން އެދިއްޖެ އެވެ.

އަދީބުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރިފަހުން ފާއިތުވި މުއްދަތުގައި ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލިލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް މާލެއިން ހެދި ޓެސްޓުތަކުން ކަށަވަރުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބޮޑެތި ބަލިތަކާ ގުޅިގެން އާއިލާގެ ހަވާލުގައި ބޭސްފަރުވާއަށް ދިޔުމުގެ ފުރުސަތަކީ ބަންދުގައި ތިބޭ މީހުންނަށް ދެވޭ ފުރުސަތެއް ކަމަށާއި އެހެންކަމުން އެ ފުރުސަތަށް އާއިލާ އިން އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި އިތުރު މައްސަލަތަކެއް ސާވިތުބެ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަދީބު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް