ބަދުއަހުލާގީ މައްސަލައެއްގައި ދާންދޫ ސްކޫލު ޓީޗަރަކު ހައްޔަރުކޮށްފި

ދާންދޫ ސްކޫލްގެ އިސްލާމް ޓީޗަރު އިމްރާން އަބްދުﷲ --- ފޮޓޯ/ އެފްބީ

ބަދުއަހުލާގީ މައްސަލައެއްގައި ގއ. ދާންދޫ ސްކޫލުގައި ކިޔަވައިދެމުންދާ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދާންދޫ ސްކޫލުގައި އިސްލާމް ކިޔަވައި ދެއްވާ އިމްރާން އަބްދުﷲ އެވެ.

އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ހުށަހެޅި ބަދުއަހުލާގީ މައްސަލައެއްގެ ތަހުގީގަށް ދާންދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ތަފްސީލް ދެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިމްރާން ހައްޔަރު ކުރީ ދާންދޫ ސްކޫލްގެ ފިރިހެން ދަރިވަރަކާ އޭނައާ ދެމެދު ވާހަކަދައްކާފައިވާ ޗެޓް ލޮގްތަކެއް އާންމުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ދާންދޫ ސްކޫލްގައި އިމްރާން އިސްލާމް މާއްދާ ކިޔަވައިދެމުން ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

comment ކޮމެންޓް