ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕުން ރާއްޖެއަށް ތިން މެޑަލް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރަފާ ވާދަކުރަނީ: އެ މުބާރާތުގައި ރާއްޖޭން ވަނީ ތިން ލޯ މެޑަލް ހޯދާފައި ---

ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ތިން ލޯ މެޑަލް ހޯދައިފިއެވެ.

އެ މުބާރާތުގައި ރާއްޖޭން ލޯ މެޑަލް ހޯދާފައިވަނީ ކެޑޭޓް ގާލްސް ޓީމް އިވެންޓުންނާއި ޖޫނިއާ ގާލްސް ޓީމް އިވެންޓް އަދި ޖޫނިއާ ގާލްސް ޑަބަލްސް އިވެންޓުންނެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ގާލްސް ޓީމް އިވެންޓުގައި ރާއްޖެ ވާދަކުރި މެޗެއްގެ ތެރެއިން: އެ މުބާރާތުގައި ރާއްޖޭން ވަނީ ތިން ލޯ މެޑަލް ހޯދާފައި ---

ކެޑޭޓް ގާލްސް ޓީމް އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމުގައި ހިމެނެނީ އައިޝަތު ރަފާ ނާޒިމާއި، އައިމިނަތު މަލީޝާ މުއާޒް އަދި ފާތިމަތު ޝަދާ މަމްދޫހެވެ. ޖޫނިއާ ގާލްސް ޓީމުން ރާއްޖެއަށް މެޑެލް ހޯދައިދިނީ ރަފާއާއި، ލައިސާ ފަތުހުﷲ އިސްމާއިލް އަދި މަލީޝާއެވެ.

ޖޫނިއާ ގާލްސް ޑަބަލްސް އިވެންޓުން ރާއްޖެއަށް ލޯ މެޑެލް ހޯދައިދިނީ ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ރަފާއާއި އުންމީދީ ކުޅުންތެރިޔާ ލައިސާއެވެ. އެ އިވެންޓުގައި ރަފާ އަދި ލައިސާ ވަނީ ތަފާތު މޮޅު ކުޅުމެއް ވެސް ދައްކައިފައެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރަފާ ވާދަކުރަނީ: އެ މުބާރާތުގައި ރާއްޖޭން ވަނީ ތިން ލޯ މެޑަލް ހޯދާފައި ---

ރާއްޖޭގެ ޖޫނިއާ އަންހެން ޓީޓީ ޓީމުގެ އިތުރުން ފިރިހެން ޓީޓީ ޓީމު ވެސް އެ މުބާރާތުގައި ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި ރާއްޖެއިން ވާދަކުރި ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއީލާއި، މުހައްމަދު ޚުމާލު ޝަނޫނާއި، މުހައްމަދު ތާބިން ސުޖާއު އަދި އިބްރާހިމް އައުޒަމް އަޒީމެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުތަކަށްފަހު ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް މެޑަލް ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގެ ޓީމު އެނބުރި ގައުމަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:30ގައެވެ.

comment ކޮމެންޓް