ތަރުކާރީ ކެއުން ހުއްޓާލައިފި ނަމަ ހަށިގަނޑަށް ވާނީ ކިހިނެއް؟

ތަރުކާރީ އަކީ އާންމުކޮށް މާ ގަޔާވާ އެއްޗެއް ނޫނެވެ. ނަމަވެސް ތަރުކާރީގައި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވެ އެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތަކަށް ތަރުކާރީ ވަރަށް މުހިންމެވެ.

ތަރުކާރީ ކެއުން ހުއްޓާލައިފި ނަމަ ހަށިގަނޑަށް ވާނީ ކިހިނެއް؟

1. ބަރުދަން އިތުރުވުން

ތަރުކާރީގައި ހިމެނޭ ފައިބާއަކީ މަހުގެ ބާވަތްތަކުގައި ހިމެނޭ މާއްދާއެއް ނޫނެވެ. ފައިބާގެ ސަބަބުން ބަނޑު ފުރޭ ކަމުގެ އިހުސާސް ކުރެވެ އެވެ. ކެއުމުގައި ފައިބާ ނުހިމެނޭ ނަމަ ބަނޑު ފުރޭ ކަމުގެ އިހުސާސް ނުކުރެވޭނެ އެވެ. އެހެންކަމުން ކެވޭ މިންވަރު އިތުރުވެ މީހާގެ ހަށިގަނޑު ފަލަވެ، ބަރުދަން އިތުރުވާނެ އެވެ. ހަށިގަނޑު ފަލަވުމަކީ ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހި ކުރުވާ ކަމެކެވެ.

2. ފާޚާނާ ކުރަން އުނދަގޫވުން

ތަރުކާރީ ނުކާ ނަމަ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފައިބާ ނުލިބޭނެ އެވެ. ހަށިގަނޑަށް ފައިބާ ލިބޭ މިންވަރު ދަށް ކަމުގައިވާ ނަމަ، ބަނޑު ހަރުވެ ފާޚާނާ ކުރަން އުނދަގޫ ވާނެ އެވެ. މަދުން ފެން ބޮއެ އުޅޭ މީހުންނަށް މި މައްސަލަ މާ ބޮޑަށް ދިމާވާނެ އެވެ.

3. ހަމުގެ މައްސަލަތައް އިތުރުވުން

ކެއުމުގައި ތަރުކާރީ ނުހިމެނޭ ނަމަ ހަމުގެ މައްސަލަތައް ދިމާވާ މިންވަރު އިތުރުވެ އެވެ. އެގޮތުން ބިހި ނެގުމާއި ހަމުގެ ތާޒާކަން ގެއްލުން ހިމެނެ އެވެ. އަދި މީހާގެ މޫނުމަތިން މާ ބޮޑަށް ދުވަސްވެފައިވާ ކަމަށް ދައްކާނެ އެވެ.

4. ދިފާއީ ނިޒާމު ބަލިކަށިވުން

ތަރުކާރީ ބޭނުން ކުރާ މިންވަރު ދަށް ވުމަކީ ހަށިގަނޑުގައި، ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިއާގެ މިންވަރު އިތުރު ވާނެ ކަމެކެވެ. އެހެންކަމުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ، ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.

5. ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ

ކެއުމުގައި ތަރުކާރީ މަދުވެ، ކޮލެސްޓްރޯލް އަދި ސެޗުރޭޓެޑް ފެޓް ހިމެނޭ މިންވަރު އިތުރުވާ ނަމަ، ލޭހޮޅި ތައް ބެދި، ލޭ ދައުރު ކުރުމަށް ހުރަސް އެޅެ އެވެ. އަދި ހިތް ހުއްޓުމާއި، ސްޓްރޯކް ފަދަ ހިތުގެ މައްސަލަތައް ޖެހުމަށް މަގުފަހި ކުރުވަ އެވެ. (ހެލްދީ ބިލްޑާޒް)

comment ކޮމެންޓް