ޖޭސްއެސްސީގެ މެމްބަރު ކަމުގެ ފަތްކޮޅު ފަނޑިޔާރު ރައޫފާ ހަވާލުކޮށްފި

ރައީސް ޔާމީން ފަނޑިޔާރު ރައޫފަށް ޖޭއެސްސީގެ މެމްބަރުކަމުގެ ފަތްކޮޅު ހަވާލުކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކޮށްފައިވާ އަބްދުއްރައޫފް އިބްރާހީމަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ރައޫފަށް ޖޭއެސްސީގެ މެމްބަރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެ ހަފްލާގައި ރައޫފަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ފަނޑިޔާރު ރައޫފް ޖޭއެސްސީއަށް އައްޔަން ކުރަން ފާސްކުރީ ހައިކޯޓުގައި މިވަގުތު ތިއްބެވި ހަތް ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާ ވާދަ ކުރައްވައި އެއް ވޯޓުގެ ތަފާތަކުން ރައޫފް ވަނީ ޖޭއެސްސީގެ މެމްބަރުކަން ކާމިޔާބު ކުރައްވައިފައެވެ. އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ރައޫފަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.

comment ކޮމެންޓް