ޓްރީޓޮޕް ހޮސްޕިޓަލްގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގްގެ ޚިދުމަތް ދޭނެ

ބީއެމްއެލްގެ ސީއީއޯ، ޓްރީޓޮޕް ހޮސްޕިޓަލްގެ ސައިޓުގައި --- ފޮޓޯ/ ބީއެމްއެލް

ހުޅުމާލޭގައި ގާއިމުކުރާ ޓްރީޓޮޕް ހޮސްޕިޓަލުގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ގާއިމުކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއަކީ ޓްރީޓޮޕް ހޮސްޕިޓަލު ހެދުމަށް ފައިނޭންސް ފޯރުކޮށްދިން ފަރާތެކެވެ.

ހޮސްޕިޓަލު ހެދުމުގެ މަސައްކަތް ކުރިޔަށްދާ އިރު، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ އެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެ ހޮސްޕިޓަލަށް ތައުރީފުކުރައްވައި ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލަކީ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށާއި އެތަނުގެ ތަރައްގީއަށް ބީއެމްއެލް އިން އެހީތެރިވެ ދެވޭކަމަށް ޓަކައި އުފާކުރާ ކަމަށެވެ.

"މިތަނުގެ ޚިދުމަތްތަކުގެ ސަބަބުން ޕޭޝާންޓް ކެއާ ލެވެލްއަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ބޭންކުން މި ހޮސްޕިޓަލަށް ވީ ފަންޑިންގް އިންވެސްޓްމެންޓަކީ ރައްކާތެރި، ފައިދާހުރި އިންވެސްޓްމެންޓެއް،" އެންޑްރޫ ވިދާޅުވި އެވެ.

ބޭންކުން ބުނީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް، ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ގާއިމުކުރާނެ ކަމަށެވެ.

ޓްރީޓޮޕް އިންވެސްޓްމެންޓްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރާ މަލްޓި ސެޕްޝަލިސްޓް ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް މިއަހަރުގެ ފަހުކޮޅު ހުޅުވާނެއެވެ.

comment ކޮމެންޓް