އޯޓިޒަމް ކުދިންނާ އެކު ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

އޯޓިޒަމް ކުދިންނާ އެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގައި ކޭކް ފަޅަނީ---

އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އޯޓިޒަމް ހުންނަ ކުދިންނާއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފި އެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އޯޓިޒަމް ހުންނަ ކުދިންނާ އެކު ހަވީރެއް ބޭއްވީ ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ.

އޯޓިޒަމް ކުދިންނާ އެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގެ ތެރެއިން---

މިއަދު އޮތް އެ ހަވީރުގައި އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ހަވީރުގައި ވަނީ އޯޓިޒަމް ހުންނަ ކުދިންނާ ގުޅޭ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެކުދިން ވަނީ، ތަސްވީރު ކުރަހައި، ކުލަޖައްސާ ހަދާފަ އެވެ.

އޯޓިޒަމް ކުދިންނާ އެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގެ ތެރެއިން---

އޭގެ އިތުރުން، މިއަދު ބޭއްވި ހަވީރުގައި ވަނީ ދުވަހާއި ގުޅުވައިގެން ކޭކެއް ވެސް ފަޅާފައެވެ. އޯޓިޒަމް ހުންނަ ކުދިންނާއެކު އެ ކޭކް ފެޅުމުގައި ބައިވެރިވެވަޑައިގެންނެވި އިލްހާމެވެ.

މިއަދުގެ އެ ހަވީރު ކުރިއަށް ދިޔައީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ފަރި ހަރަކާތްތަކާ އެކުއެވެ.

comment ކޮމެންޓް