ޓްރެފިކް ގަވާއިދާ ޚިލާފުވުމުން މީރާ ޖޫރިމަނާކޮށްފި

ޓްރެފިކް ގަވާއިދާ ޚިލާފުވުމުން ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ޖޫރިމަނާކޮށްފި އެވެ.

މީރާ 2000 ރުޕީޒުން ޖޫރިމަނާކޮށްފައި ވަނީ ޕާކު ކުރުން މަނާ ސަރަހައްދެއްގައި އޭނާގެ ކާރު ޕާކު ކޮށްފައި ދިއުމުންނެވެ. ޚަބަރުތައް ބުނާގޮތުން މީރާ ޖޫރިމަނާ ކޮށްފައި ވަނީ ކާރު ޕާކު ކޮށްފައި ރެސްޓޯރެންޓެއްގައި އިންދައެވެ.

މީރާ ވަނީ ވަގުތުން ޖޫރިމަނާ ފައިސާ ދައްކައިފައެވެ. މިއީ މަޝްހޫރު ފަރާތްތަކުން އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ ނަމަ، އެކަމާ ދެކޮޅު ހަދައި އެތައް މައްސަލައެއް ޖައްސައެވެ.

ނަމަވެސް އެއްވެސް ދެކޮޅު ހެދުމެއް ނެތި މީރާ ޖޫރިމަނާ ފައިސާ ދައްކާފައި ވާތީ، ފުލުހުން ވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.

މީރާގެ ޑްރައިވަރު ވަނީ މީގެ ކުރިން ވެސް ޓްރެފިކް ގަވާއިދަށް ބޯނުލެނބުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައެވެ.

comment ކޮމެންޓް