18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ބޮޑު ތަފާތަކުން ބަލިކޮށް ފެނަކައިން އެ މުބާރާތުގެ ތަށި ހޯދައިފިއެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ ފައިނަލް މެޗުގައި ފެނަކައިން ކުރި ހޯދީ 11-2ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި ފެނަކަ ޓީމުން ތަފާތު މޮޅު ކުޅުމެއްދެއްކިއިރު ދިވެހި ސިފައިންގެ ކުލަބަށް ވަނީ އެންމެ އެދެވޭ ގޮތުގައި ކުޅެވޭ ގޮތް ނުވެފައެވެ. ފެނަކަ ޓީމުގެ ބިދޭސީ ކުޅުންތެރިން ތަފާތުކޮށް މިއަދުގެ މެޗުގައި ވެސް ފެނުނުއިރު އެޓީމުން ވަނީ ސިފައިންގެ ކުލަބު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ފެނަކައިން ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން ވެސް 100 ޕަސެންޓް ނަތީޖާނެރެގެންނެވެ. އެ ޓީމުން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު މުބާރަތުގައި އެ ޓީމުން ވަނީ ޖުމުލަ 93 ލަނޑު ކާމިޔާބުކޮށްފައެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ޖެންޖީރާ އާއި ސަސިޗާ އަދި ޝަހުލާ ދިވެހި ސިފައިންގެ ކްލަބްގެ ރިފާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްރިތާއެވެ.އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް 27 ލަނޑު ޖެހި ފެނަކައިގެ ސަސިޗާ ހޮވުނުއިރު ފެއާޕްލޭޓީމަކަށް ހޮވުނީ ޕޮލިސް ކްލަބެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ޖެންޖީރާއެވެ.