ކުރިން ދިންގޮތަށް އަނެއްކާވެސް އާސަންދަ ދޭން ނިންމައިފި

އޭޑީކޭ ހޮސްޕިޓަލުގައި ބަލިމީހުންނަށް ހިދުމަތް ދެނީ --- ފޮޓޯ/ އޭޑީކޭ

ކުރިއެކޭ ވެސް އެއްގޮތަށް އަމިއްލަ ތަންތަނުން އާސަންދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ސަންއަށް ކަށަވަރުކޮށްދިން ގޮތުގައި ކުރިން އޮތްގޮތަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

އާސަންދަ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:20 ކަންހާއިރު، އާސަންދަ ސްކީމުގެ ދަށުން އަމިއްލަ ތަންތަނުން ދޭ ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަން ވަނީ އަންގާފައެވެ.

އެއާއެކު އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާއިންވެސް ވަނީ އެހިދުމަތް މެދުކަނޑާލައިފައެވެ.

އާސަންދަ ކަނޑާލި ސަބަބެއް ކަމަށް އޭރު އާސަންދައިން ބުނީ އަމިއްލަ ތަންތަނުން އެކަށޭނަ އަގަކާ ނުލައި ހިދުމަތް ދޭތީ ކަމަށެވެ.

އާސަންދަ ހެލްތު އިންޝުއަރަންސް ސްކީމުގައި ހިމެނޭ ޚިދުމަތްތައް، ދައުލަތުން ހިންގާ ސިއްޚީ ޚިދުމަތްދޭ ތަންތަނުން ހިލޭ ލިބޭ ނަމަވެސް، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ޚިދުމަތްތައް ކަވަރު ކުރަނީ ވަކި މިންވަރަކަށެވެ.

comment ކޮމެންޓް