ޓުރީޓޮޕުން ދަތް ބްލީޗްކުރާ މީހުންނަށް "ސިމްޕަލް ސްކޭލިންގް" ޚިދުމަތް ހިލޭ ދެނީ

ޓްރީޓޮޕް ހޮސްޕިޓަލުން ޑެންޓަލް ހިދުމަތެއް ދެނީ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ދުނިޔޭގެ ދަތުގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލުން ދަތް ބްލީޗުކުރުމުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް "ސިމްޕަލް ސްކޭލިންގް" ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ މި މަހު 18ގެ ނިޔަލަށް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓަކީ ދަތުގެ އެކި ބަލިތަކަށް ފަރުވާ ދެވޭނެ ފެންވަރުގެ ގާބިލުކަން ހުރި ތަޖުރިބާކާރު، ޕްރޮފެޝަނަލް ޓީމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ.

ޓުރީޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޙިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅެއްވުމަށް ނުވަތަ އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން މައުލޫމާތުދިނެވެ.

comment ކޮމެންޓް