އެޗްއެސްބީސީގެ ފައިދާ 19 ޕަސެންޓު ދަށްވެއްޖެ

އެޗްއެސްބީސީ ބޭންކުގެ އޮފީހެއް -- ފޮޓޯ: ބީބީސީ

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްއެސްބީސީގެ ފައިދާ 19 ޕަސެންޓު ދަށްވެއްޖެ އެވެ.

އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައި ވަނީ ފަސް ބިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުންފުނީގެ ފައިދާ ދަށް ވެފައި ވަނީ ކުންފުނީގެ އެކައުންޓިން އަށް ގެނައި ބަދަލުތަކާއި، ބްރެޒިލްގައި ހިންގާ އެކުންފުނީގެ ވިޔަފާރިން ލިބުނު އާމްދަނީ މަދުވުމުންނެވެ. ނަމަވެސް އެޗްއެސްބީސީގެ ސީއީއޯ، ސްޓުއާޓް ޖިލިވާ ވިދާޅުވީ ނަތީޖާ ރަނގަޅު ކަމަށެވެ.

ފައިދާ ދަށްވި ނަމަވެސް ކުންފުނީގެ އާމްދަނީ ވަނީ 12.57 ބިލިއަނުން 12.84 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެޗްއެސްބީގެ ފައިދާ ދަށްވެފައި ވަނީ، ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން އާމްދަނީ ދަށްވެފައިވާތީ އާމްދަނީ އިތުރު ކުރުމަށް ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެންމެ ފަހުން އެޗްއެސްބީސީގެ ފައިދާ ދަށްވީ 2015 ވަނަ އަހަރު އެވެ. އެ އަހަރު ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ގޮތުން އެކުންފުނިން ވަނީ ގިނަ އަދަދެއްގެ ވަޒީފާތައް އުވާލައި، ބައެއް ބްރާންޗުތައް ބަންދުކޮށް އަދި ބައެއް މުދާތައް ވިއްލާކާފަ އެވެ. އެއަށް ފަހު އޭޝިއާގެ ވިޔަފާރިއަށް ބޮޑަށް ފޯކަސް ކުރި އެވެ.

comment ކޮމެންޓް