ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް ނަގައިގެން މެކްބުކް ޕްރޯއެއް ހޯދުމުގެ ފުރުސަތު!

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016ގައި ދިރާގުގެ ސްޓޯލް ---- ސަން ފޮޓޯ/ މާހިލް މުހައްމަދު

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަނެއް ނަގައިގެން މި މަހުގެ ކޮންމެ ހަފްތާއަކު މެކްބުކް ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނި ގޮތުގައި މެއި އެކަކުން 31އަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ފަރާތްތަކަށް ކަނެކްޝަން ހިލޭ ގުޅައިދޭނެއެވެ. އަދި ފުރަތަމަ ދެ މަހުގެ ފީއިން 25 ޕަސަންޓުގެ ޑިސްކައުންޓެއް ލިބެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާ މުއްދަތުގައި ބްރޯޑްބޭންޑް ކަނެކްޝަނެއް ނަގާ ފަރާތްތަކުގެ ތެރެއިން، ކޮންމެ ހަފްތާއަކުވެސް ހޮވޭ ނަސީބުވެރިއަކަށް މެކްބުކް ޕްރޯއެއް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި، މިއީ ކުރިޔަށް އޮތް ރަމަޟާން މަހާ ގުޅިގެން ދިރާގުން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި ކުރިޔަށް އޮތް ތަނުގައި ރޯދަ މަހާ ގުޅިގެން އިތުރު ޕްރޮމޯޝަންތައް ވެސް ކުރިޔަށް ގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދިރާގުގެ އައިޕީޓީވީގެ ޚިދުމަތްވެސް ތައާރަފުކޮށްފައެވެ. ދިރާގުގެ އައިޕީޓީވީގެ ޚިދުމަތް ހޯދުމަށްޓަކައި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް ހުންނަން ޖެހެއެވެ.

comment ކޮމެންޓް