ސައުތު އޭޝިއާއިން އެންމެ ގިނަ އޭބީއީ "ޓޮޕް ޕޭޕަރ ޕްރައިޒް" ހޯދާފައިވާ ކޮލެޖަކަށް ކުލިކް ކޮލެޖް

ކުލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކުލިކް ކޮލެޖު

ސައުތު އޭޝިއާގެ އެންމެ ގިނަ އޭބީއީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައިވާ ކޮލެޖަކަށް ރާއްޖޭގެ ކްލިކް ކޮލެޖް ވެއްޖެއެވެ.

އޭބީއީ ޓޮޕް ޕޭޕަރ ޕްރައިޒަކީ އެސޯސިއޭޝަން ފޯ ބިޒްނަސް އެގްޒެކެޓިވްސް (އޭބީއީ ޔޫކޭ)ގެ އެކި މޮޑިއުލްތަކުން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް އޭބީއީ އިން ދޭ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.

ކުލިކް ކޮލެޖުގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކުލިކް ކޮލެޖުގެ ހަތަރު ދަރިވަރަކު ޖުމްލަ ފަސް ޓޮޕް ޕޭޕަރ ޕްރައިޒް ހާސިލްކުރިއިރު، އެ އަދަދާއެކު އެ ކޮލެޖުން މިހާތަނަށް 45 ދަރިވަރަކު ވަނީ އެ އެވޯޑް ހާސިލް ކޮށްފައެވެ.

ކުލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކުލިކް ކޮލެޖް

އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޝަރަފްވެރިކޮށްދެއްވާ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކުލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހަތް ދާއިރާއަކުން 126 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

އަދި ދަސްވެނިންގެ ތެރެއިން އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްފައިވާ ދަރިވަރުންނަށް އެ ކޮލެޖުން ދޭ "ޓޮޕް ސްޓޫޑަންޓް އެވޯޑް" 15 ދަރިވަރަކު ވަނީ ހާސިލް ކޮށްފައެވެ.

އޭގެ އިތުރުން، ކްލިކް ކޮލެޖުގެ ދަރިވަރުންގެ ތެރެއިން ތައުލީމީ ރޮނގުން އެންމެ ފުރިހަމަ ކާމިޔާބީ ހޯދައި، އަދި ހުރިހާ ގޮތަކުން ނަމޫނާ ދަރިވަރުންނަށް ދޭ "ޕްރެސިޑެންޓްސް ރޯލް އޮފް އެކްސެލެންސް" އެވޯޑް އާއިޝަތު އަޝްނާ އަބްދުއްރަޝީދު އަދި އިހްސާން އަރީފަށް ވަނީ ލިބިފައެވެ.

ކުލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކުލިކް ކޮލެޖް

ލެކްޗަރާއިންގެ ތެރެއިން އެންމެ ނަމޫނާ ހިދުމަތްތެރި ލެކްޗަރާއަށް ދޭ އެވޯޑް އިސްމާއިލް ސާޖިދު އަދި ނާއިލް އަބްދުއްރަހްމާން އަށް ލިބުނުއިރު، ކްލިކް ކޮލެޖުގެ ދަރިވަރުންގެ ތެރެއިން އެންމެ ނަމޫނާ ހިދުމަތްތެރި ދަރިވަރަކަށް ހޮވުނީ އަލީ ރިޒާއެވެ. އަދި ކްލިކް ކޮލެޖުގެ ދަރިވަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި ދަރިވަރަށް ދޭ އެވޯޑް އިސްމާއިލް ގާނިތު ޒާހިރަށް ވަނީ ލިބިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ފުދުންތެރި ގައުމަކަށް ވުމަށްޓަކާ ޒަމާންވީ މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ އިތުރުން ސިއްހީ ސިނާއަތު ފަދަ އާ ދާއިރާތަކުން ރާއްޖެ ކުރިއަރައި، މަންދާ ހޯދޭނެ މަގުތައް ކޮށަންޖެހޭ ކަމަށެވެ.

އެގޮތުން އަދިވެސް ބައެއް ސިނާއަތްތަކާއި ދާއިރާތަކަށް އެންމެ އެކަށޭނެ މިންވަރަށް ތައުލީމީ ގާބިލް ޒުވާނުން އުފެއްދޭ މިންވަރު މަދުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގައި މަތީ ތައުލީމު ދޭ މުއައްސަސާތަކާއި ކޮލެޖުތަކުން އަދާކުރާ ދައުރުގެ މުހިއްމު ކަމަށެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްތަކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

ކުލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކުލިކް ކޮލެޖް

ކުލިކް ކޮލެޖުގެ ރައީސް، ނައުޝާދު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، ކުލިކު ކޮލެޖުން ދެމުން ގެންދާ މަތީ ތައުލީމު އިތުރު ދާއިރާތަކަށް ފުޅާކޮށް، ކައިރި މުސްތަގްބަލެއްގައި މާސްޓާސް ޕްރޮގްރާމްތައް ފެށޭނެ ކަން އިއުލާން ކުރެއްވި އެވެ.

comment ކޮމެންޓް