އައިފާ އެވޯޑަށް "ޑަންގާލް" ނޮމިނޭޓެއް ނުވި!

މިދިޔަ އަހުރު ބޮލީވުޑްގެ އެންމެ ކާމިޔާ ފިލްމަކީ "ޑަންގާލް". އެކަމު އައިފާ އެވޯޑަކަށް ފިލްމު ނޮމިނޭޓް ނުވި---

މިދިޔަ އަހަރު ބޮލީވުޑްގައި ރިލީޒް ކުރި އެންމެ ކާމިޔާބު ފެނިގެންދިޔައީ ކުޅަދާނަ އެކްޓަރު އާމިރް ޚާން ލީޑު ރޯލުކުޅެފައިވާ "ޑަންގާލް" އެވެ.

ހަމައެކަނި އިންޑިއާ އިންވެސް ފިލްމަށް 380 ކުރޯޑުގެ ބޮޑު އާމްދަނީއެއް ލިބި އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ފިލްމަކަށް ވެފައިވާ އިރު، މުޅި ދުނިޔެއިން ވެސް ފިލްމަށް ދިޔައީ ތައުރީފް އޮހެމުންނެވެ.

ކުރީގެ ރެސްލިންތެޅުންތެރިޔާ މަހާވީސް ސިންގް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ "ޑަންގާލް" ވަނީ މިހާތަަނަށް ބޭއްވި އެއްވެސް އެވޯޑެއްގައި ކަމިޔާބުވާގޮތް ނުވެފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނެޝަނަލް އެވޯޑް ލިބޭ ފަރާތްތަކުގެ ނަންތައް ވެސް އާންމުކޮށްފައިވާ އިރު، އާމިރަށް އެންމެ މޮޅު އެކްތަރުގެ އެވޯޑް އަދި "ޑަންގާލް" އެންމެ މޮޅު ފިލްމަކަސް ހޮވޭނެ ކަމަށް އިންތިޒާރުކޮށްގެން ތިބި ނަމަވެސް އެއިން އެއްވެސް އެވޯޑެއް ވަނީ ނުލިބިފަ އެވެ. އަދި ބޮލީވުޑް ފިލްމުތަކަށް ލިބޭ އެންމެ ޝަރަފުވެރި ކަމުގެ އެވޯޑު، އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑް (އައިފާ) އަށްވެސް "ޑަންގާލް" ނޮމިނޭޓެއް ނުވި އެވެ.

އަންނަ ޖުލައި މަހުގެ 14 އިން 15 އަށް ނިއުޔޯކުގައި ބާއްވާނެ ކަމަށް އިއުލާންކޮށްފައިވާ އައިފާ އެވޯޑުގައި "ޑަންގާލް" ނޮމިނޭޓްވެފައި ނުވާތީ އައިފާ އެވޯޑްސް 2017ގެ ވޯޓިން ވީކެންޑް ކުރިއަށް ގެންދިޔުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާގައި ބައިވެރިވި ބޮލީވުޑްގެ ބައެއް ތަރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ބޮލީވުޑްގެ ޒުވާން އެކްޓްރެސް އާލިއާ ބަޓް އާއި ކްރީތީ ސަަނޮން އަދި ސިލްޕާ ޝެޓީ ވެސް ވަނީ "ޑަންގާލް" ނޮމިނޭޓްވެފައި ނުވާތީ ހައިރާންވި ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަތަރިން ބައިވެރިވެ، އެ ތަރިންގެ މުނިފޫހިފިލުވުުމުގެ ހަރަކާތްތައް ވެސް ފެނިގެންދާ އައިފާ އެވޯޑް ހަފްލާ އަކީ އިންޑިއާ އިން ބޭރުގެ ކޮންމެވެސް ގައުމެއްގައި ކުލަ ގަދަކޮށް ބާއްވަމުން އަންނަ އެވޯޑް ހަފްލާ އެކެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ޑަންގާލް" އިން އާމިރް އާއި އެކު ދެން ފެނުނީ މުޅިން އާ ދެތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އާއި ސާންޔާ މަލްހޯތުރާގެ ކުޅަދާނަ އެކްޓިން އެވެ.

comment ކޮމެންޓް