މާލޭގައި ގްރޫޕު މާރާމާރީއެއް ހިންގައިފި

މާލޭގައި މިރޭ ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ "ސަން" އަށް ވިދާޅުވީ އެ މާރާމާރީ ހިންގާފައިވަނީ މިރޭ 10:00 ހާއިރު ކަމަށާއި އެ މާރާމާރީގައި އަނިޔާވި މީހަކަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ދަނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ. އަދި މައްސަލަ ބަލަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް