އެމްއެންޔޫއާއި މީޑިއާ ކްލަބަށް މޮޅެއް

ކްލަބު މޯލްޑިވްސް ކަޕްގައި މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން އެމްއެންޔޫ ސްޓާފް ކްލަބާއި މޯލްޑިވްސް މީޑިއާ ކްލަބު މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު 'ގްރޫޕް އީ'ގެ މެޗުގައި ކްލަބު ވެމްކޯ އަތުން އެމްއެންޔޫ ސްޓާފް ކްލަބު މޮޅުވެފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އެމްއެންޔޫއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ޝިފާޒް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނިޝާންއެވެ. ވެމްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަފީއުއާއި އަބްދުﷲ މުހަނާދުއެވެ.

ރޭ ކުޅުނު 'ގްރޫޕް އެފް'ގެ މެޗުގައި މޯލްޑިވްސް މީޑިއާ ކްލަބު ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ހޯމް ފޯރ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)އެވެ.

ރޭ ކުޅުނު އެ މެޗުގައި މީޑިއާ ކްލަބުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ނާފިއު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފަހުމީއެވެ. މެޗުގައި އެޗްޕީއެސްއެންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ސޮލާހުއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅޭ މެޗުތައް:

20:15- ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު – ކްލަބު އާސަންދަ (ގްރޫޕް އެޗް)

20:15- ހައުސިން – ސިވިލް ކޯޓު (ގްރޫޕް ޖީ)

21:30- ކްލަބު އެޗްޑީސީ – ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ގްރޫޕް އެޗް)

21:30- ޓީމް މެޑް – ޓީމް އެމްވައިއެސް (ގްރޫޕް ޖީ)

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް