ދިވެހިރާއްޖޭގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ އާއި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޮރ ޓެކްނީޝަންސް އެޑިއުކޭޝަން ގުޅިގެން ޓިވެޓް ކޯސްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އެ މަސައްކަތު ބައްދަލުވުމަކީ، ކޮންމެ ރަށެއްގައި އިންސްޓިޓިއުޝަނެއް ހަދައިގެން ޓިވެޓް ކޯސްތައް ކުރިއަށް ގެންދިއުން ގޮންޖެހުމަކަށްވާތީ، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން ރާއްޖޭގެ ޓިވެޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓިވެޓް ކޯސްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތު ބައްދަލުވުގެ ތެރެއިން --- ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ
މިއަދު ފެށުނު އެ ބައްދަލުވުމުގައި މާލޭގެ ސްކޫލުތަކުން 25 ދަސްވާރު ކޯޑިނޭޓަރަކު ބައިވެރިވެ އެވެ.
އިން ކަންޓްރީ ޕްރޮގްރާމް އޮން އިފެކްޓިވް ޓީޗިންގް މެތޮޑޮލޮޖީޒް ނުވަތަ އޮންލައިން ޑެލިވެރީގެ ނަމުގައި މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ޓިވެޓް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއެކު ޓިވެޓް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ދަސްކޮށްދިނުންކަމުގައި އެ މިނިސްޓްރީން ބުނެ އެވެ.