ޓެލެގްރާމްއިން މިހާރު ގުޅޭނެ

ޓެލެގްރާމް އެޕްލިކޭޝަން --

ގިނަ ބައެއްގެ މެދުގައި މަގުބޫލު މެސެޖިން އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު އެ އެޕްލިކޭޝަން މެދުވެރިކޮށް "އެންޑް ޓު އެންޑް އެންކްރިޕްޓެޑް" ކޯލު ކުރެވޭ ގޮތަށް ހަދައިފިއެވެ.

ޓެލެގްރާމް ފާހަގަ ކުރެވިފައި އޮންނަނީ ރައްކާތެރި، އަދި ވަރުގަދަ ސެކިއުރިޓީ ސިފަތަކަކާ އެކު މެސެޖް ކުރެވޭ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

އެ ފީޗާ ޓެލެގްރާމަށް ތައާރަފްކޮށްފައި މި ވަނީ މުޅިން އަލަށެވެ. އެހެން މެސެޖިން އެޕްލިކޭޝަންތަކަށްވުރެ ލަހުން މި ފީޗާ ޓެލެގްރާމުން ތައާރަފް ކުރި ނަމަވެސް، މިފަދަ އެހެން އެޕްލިކޭޝަންތަކަށް ޓެލެގްރާމް ގޮންޖަހާލާނެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ޓެލެގްރާމް ވޮއިސް ކޯލްތައް ކުރިނަމަވެސް މޯބައިލް ޑޭޓާގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އަދި ޓެލެގްރާމް ކޯލްތަކަކީ އެންކްރިޕްޓްކޮށްފައިވާ ކޯލްތަކެއް ކަމުން، ހެކް ކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ އެވެ.

ޓެލެގްރާމަކީ، ދުނިޔޭގައި ބޭނުން ކުރާ މެސެޖިން އެޕްލިކޭޝަންތަކުގެ ތެރެއިންވެސް އެންމެ ސެކިއުރިޓީ ފީޗާސް ހައި އެއް އެޕްލިކޭޝަނެވެ.

comment ކޮމެންޓް