ގާސިމް ހައްޔަރުކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ޖޭޕީ އަދި އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކުރުމާ ގުޅިގެން ސީދާ ހަރަކާތަށް ނުކުންނަން ޖޭޕީ އަދި އެމްޑީޕީ އިން ނިންމައިފިއެވެ.

ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަކިވަކިން ބޭއްވި ދެ ބައްދަލުވުމުގައި ސީދާ ހަރަކާތަށް ނުކުތުމަށް ހުށަހަޅައި ފާސްވެފައިވަނީ ބައްދަލުވުންތަކަށް ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ކުއްލި ގައުމީ ބައްދަލުވުމުގައި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ކުއްލި ގައުމީ ބައްދަލުވުމުގައި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދެވެ.

ގަރާރުގައި ބުނެފައިވަނީ، އިދިކޮޅު ސިޔާސީ ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެފައި ވަނިކޮށް ގާސިމް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހުއްޖަތެއް ނެތް ތުހުމަތުތަކެއް ކޮށްގެން ކަމަށެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ރިޔާސަތު ބެލެހެއްޓެވި ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ ކުއްލި ބައްދަލުވުމުގައި އެޕާޓީން އެގޮތަށް ފާސްކުރީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 25 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. މާފަންނުވިލާއަށް ފުލުހުން ވަދެއެވެ. އަދި މިހާރު ގާސިމް ހުންނެވީ ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހްގީގީ ޖަލުގައެވެ.

ފުލުހުން ބުނީ، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

comment ކޮމެންޓް