މީގެ 19 އަހަރު ކުރިން މުހައްމަދު ނިޔާޒު (ޓެޑްރީ) ޕްރޮޑިއުސްކޮށް ރިލީޒް ކުރި ކާމިޔާބު ފިލްމު "އަމާނާތް" ޔޫޓިއުބްގައި އާންމު ކޮށްފި އެވެ. ފިލްމު ސިނަމާތަކަށް ގޮސް ނުބަލާތިބި މީހުން ފިލްމު ޔޫޓިއުބުން ބަލާލަން ވީއެވެ.
"އަމާނާތް" ރޭ ޔޫޓިއުބް ގައި އާންމު ކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޓެޑްރީ ބުންޏެވެ.

ޖަމްޝީދާ ---
ޓެޑްރީގެ އެ ކާމިޔާބު ފިލްމު ވަނީ 19 އަހަރު ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ސާދަ ވަނަ ދުވަހު އޮލިމްޕަހުގައި ވެސް ދައްކާފައެވެ. ލޯބިވެރިންގެ ދުވާހާއި ގުޅުވައިގެން އެޅުވި "އަމާނާތު" ގެ ހައުސް ފުލް ފަސް ޝޯ އޮލިމްޕަހުގައި ވަނީ ދައްކާފައެވެ.
އޭގެ އިތުރުން ފިލްމުގެ އިތުރު ދެ ޝޯއެއް ޝްވެކަ ސިނަމާގައި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އާއި މާޗް އެއްވަނަ ދުވަހު ދެއްކިއިރު "އަމާނާތް" ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް އަޅުވާފައެވެ.
"އަމާނާތް" ޔޫޓިއުބް ގައި ---
"ވަރަށް ގިނަ ބަޔަކު ފިލްމު އަޅުވަން އެދުނީމަ އަޅުގަނޑު އެ ފިލްމު އެހާ ދުވަސް ކޮށްފަ އަޅުވަމުން ގެންދިޔައީ. ނަވާރަ އަހަރު ފަހުން ވެސް ފިލްމު ބަލެއް ނުވި. ވަރަށް ތަރުހީބު ބޮޑުކޮށް ދިޔައީ،" މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ "އަމާނާތް"އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެޑްރީ ބުންޏެވެ.
ދެހާސް ހަތްވަނަ އަހަރު ބޭއްވި ފިލްމު ފެއާ އެވޯޑުގައި ވެސް 12 އެވޯޑު ލިބިފައިވާ "އަމާނާތް"ގެ ލީޑުރޯލު ކުޅުނީ، "ދެރިޔާ"ގެ ވެސް ލީޑު ރޯލު ކުޅުނު ކުރީގެ މަޝްހޫރު ތަރިން ކަަމަށްވާ އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދުގެ އިތުރުން ފާތިމަތު ރަމީޒާ އެވެ.

އަލީ ހާލިދު ---