ނަސީބުވެރިޔާއަށް އެއް އަހަރު ދުވަހަށް ފުލް ފާނިޝްޑް އެޕާޓްމެންޓެއް!

ޑްރައިޕާޒް މެގަޕެކް ޕްރޮމޯޝަނުން އެއްވަނައަށް ދިޔަ ފަރާތާ އެކު އޭޑީކޭ ނާޝިދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ޖެނެރަލް ޓްރޭޑިންގްއިން ކުރިޔަށް ގެންދިޔަ ޑްރައިޕާޒް މެގަޕެކް ޕްރޮމޯޝަނުން އެއްވަނައަށް ހޮވުނު ނަސީބުވެރިޔާއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލީ ފާނިޝްޑް އެޕާޓްމެންޓެއް ދީފިއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންގްއިން ޑްރައިޕާޒް މެގަޕެކް ޕްރޮމޯޝަން ހިންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، މިއަހަރުގެ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނަސީބުވެރިން ގުރުއަތު ނަގާފައިވަނީ މިދިޔަ މާޗުމަހުގެ ތިންވަނަ ދުވަހުއެވެ.

މި ޕްރޮމޯޝަނުން އެއްވަނައަށް ގޮސްފައިވަނީ ތ. ވިލުފުށި ކެޔޮގަސްދޮށުގޭ އާދަމް ނަސީހެވެ. ނަސީހުއަށް ލިބުނު އިނާމު، އެއް އަހަރު ދުވަހަށް އެއް ކޮޓަރީގެ ފުލް ފާނިޝްޑް އެޕާޓްމެންޓުގެ ރަމްޒީ ތަޅުދަނޑި ހަވާލުކުރީ މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ސީއީއޯ އަހްމަދު ނާޝިދެވެ.

ޑްރައިޕާޒް މެގަޕެކް ޕްރޮމޯޝަނުން ދެވަނައަށް ދިޔަ ފަރާތަށް ވެސްޕާ ސައިކަލުގެ ރަމްޒީ ތަޅުދަނޑި ހަވާލުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑްރައިޕާޒް މެގަޕެކް ޕްރޮމޯޝަނުން ތިންވަނައަށް ދިޔަ ފަރާތަށް އިނާމު ހަވާލުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޕްރޮމޯޝަނުން ދެވަނައަށް ގޮސްފައިވަނީ މ. މުލަކު ޒަމާނީ ހައުސް، ނާދިރާ އިބްރާހީމެވެ. ނާދިރާއަށް ލިބުނު އިނާމަކީ ޒުމް މޮޓޯޒްއިން ހުށަހެޅި ވެސްޕާ ސައިކަލެކެވެ. އަދި ތިންވަނައަށް ދިޔަ ހޫދު އިބްރާހިމް ފަޒީލަށް ލިބުނީ ޑްރައިޕާޒްގެ އެއް އަހަރު ދުވަހުގެ ސަޕްލައިއެކެވެ.

comment ކޮމެންޓް