ޓްވީޓު ކެރެކްޓާ ލިމިޓުގެ ތެރެއަށް ރިޕްލައި ޓެގު ނުހިމެނޭ ގޮތް ހަދައިފި

ލިޔަން ބޭނުންވާ ހިޔާލެއް ލިޔެލާވަރަށް ކެރެކްޓާ ޖާގަ ނުލިބުމަކީ، ޓްވީޓާގައި އުޅޭ އެންމެ ގިނަ މީހުންގެ އެއް ޝަކުވާކަމަށް ވަނީ ވެފައެވެ. އެކަމުގެ ހައްލެއްގެ ގޮތުން ޓްވީޓުގެ ކެރެކްޓާ ގުނާއިރު ޓްވީޓާ ހޭންޑްލް ނުހިމަނާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ ސޯޝަލް މީޑިއާ، ގިނަ ވަގުތު ޓްވީޓާގައި ޓްވީޓު ކުރަން ހޭދަކުރާ މީހުންނާއި މަދުން ވިޔަސް ޓްވީޓުތަކަށް ޖަވާބު ދޭ މީހުންގެ ވެސް ބޮޑު އެއް ޝަކުވާއެއް އޮވެ އެވެ. އެއީ އެހެން ސޯޝަލް މީޑިއާތަކެކޭ އެއްފަދައިން ބޭނުން ދިގު މިނެއްގައި ޓްވީޓެއް ނުކުރެވޭ އިރު ބޮޑެތި ޔޫޒާ ނޭމްތައް ހުންނަ މީހުން ކުރާ ޓްވީޓުތަކަށް ޖަވާބު ދޭން ލިޔެވޭ ކެރެކްޓާ ކޮޅުން ނުފުދޭ މައްސަލައެވެ.

އެ މައްސަލަ ބޮޑުވެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ޓްވިޓާއިން އިއްޔެ ވަނީ އެކަމަށް ހައްލެއް ހޯދައިދީ ޓްވިޓާ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ.

ޓްވިޓާގެ ޕްރޮޑަކްޓް މެނޭޖާ ސަސަންކް ރެޑީ ވިދާޅުވި ގޮތުގައި ގިނަ ބައެއްގެ އެދުމުގެ މަތިން ޓްވީޓުގެ ކެރެކްޓާ ގުނާ އިރު ހޭންޑްލް ނުހިމަނާ ގޮތަށް ނިންމީ އެވެ.

އަދި އޭގެ ސަބަބުން ވާހަކަ ދައްކާލަން ފަސޭހަވެ ގިނަ ކެރެކްޓާތައް ލިބޭނެ ކަމަށްވެސް ރެޑީ ވިދާޅުވި އެވެ.

comment ކޮމެންޓް