ބޮޑު ފިލްމެއްގެ ޝޫޓިން މެދުކަނޑާލުމަށްފަހު، ކޮއްކޮގެ އުފަން ދުވަހަށް ސަލްމާން ރާއްޖެއަށް

ސަލްމަން އޭނާގެ ކޮއްކޮ އާހިލް އާ އެކު. މިއަދު ސަލްމާން ރާއްޖެ އައިސް ވަޏީ އާހިލްގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރަން---

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފުރަތަމަ ދަރިފުޅު އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ސަލްމާން މިހާރު ހަރަކާތްތެރިވަމުން އަންނަ "ޓައިގާ ޒިންދާ ހޭ" ޝޫޓިން މެދުކަނޑާލުމަށް ފަހު ރާއްޖެ އަތުވެއްޖެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސް ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އީވައިޓޫސެވަންއެއިޓް ފްލައިޓުންނެވެ.

އާހިލް ގެ އުފަން ދުވަހަކީ މިއަދެވެ. އިއްޔެ ވަނީ އެ އާއިލާގެ ގިނަ މެމްބަރުންނާއެކު ބައެއް އެކުވެރިން ވެސް ރާއްޖެ އައިސްފައިވެ އެވެ.

އަރްޕިތާ ޚާން އާއި އޭނާގެ ދަރިފުޅު އާހިލް. އާހިލްގެ ފުރަތަމަ އުފަންދުވަހުގެ ކޭކް ފަޅަނީ---

އިއްޔެ މުޅި ޖުމްލަ ސާޅީހަށް ވުރެ ގިނަ މީހުން އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައިވާއިރު އެ މީހުން ޗުއްޓީ ހޭދަކުރަމުން ގެންދަނީ އަމިއްލަ ފުށި ރިސޯޓް ގައެވެ. ސަލްމާން ވެސް މިހާރު ވަނީ އާއިލާ އާ އެކު ރިސޯޓުގައެވެ.

އުފަން ދުވަސް ފާހަގަ ކުރުމަށް ކޭކް ފަޅާފައިވާ ފޮޓޯ ތަކަކާއި ބައެއް ވީޑިއޯ އަރްޕިތާގެ އިންސްޓާ ގްރާމް އެކައުންޓުގައި އާންމު ކޮށްފައިވާއިރު މިހާރު ދަނީ ޕާޓީ ބޭއްވުމަށް ރިސޯޓް ވެސް ތައްޔާރު ކުރަމުންނެވެ.

އިއްޔެ ރާއްޖެ އައި ސަލްމާން ޚާން އާއިލާގެ ގިނަ މެންބަރުން ތަކެއް ފޮޓޯ އަކަށް ހުއްޓިގެން---

އޮސްޓްރިއާގައި ފިލްމެއްގެ ޝޫޓިންގައި އުޅުމަށްފަހު 22 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ސަލްމާން މިއަދު ރާއްޖެ އައި އިރު އިއްޔެ ރާއްޖެ އައި މެންބަރުންގެ ތެރޭގައި އޭނާގެ ދޮން މަންމަ ހެލެން އާއި ބައްޕަ ސަލީމް ޚާނާއި އަރްބާޒް ޚާނާއި އަރްބާޒްގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާ ހިމެނޭ އިރު މަލައިކާގެ ކޮއްކޮ އަމްރިތާ އަރޯރާ ވެސް ބައިވެރިވި އެވެ. އަދި ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅުން އޮންނަ ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ ލޫލިއާ ވަންތޫރު ވެސް ހިމެނެއެވެ.

އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ފަހު އާއިލާގެ ހުރިހާ މެންބަރުން އަންބުރާ ގައުމަށް ދާނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް