ތިން ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް އެމްޑީއޭ

ފެބްރުއަރީ 6، 2015: އެމްޑީއޭގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އަކީ އެމްޑީއޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ. އެމްޑީއޭ އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާ އިރު، 26 މާޗް 2017 ގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބީ ޕީޕީއެމްގަ އެވެ. އެއީ 40280 މެންބަރުންނެވެ. ދެވަނަ އަށް އެންމެ މެންބަރުން ގިނަ އެމްޑީޕީ ގައި ތިބީ 29359 މެންބަރުންނެވެ. ތިން ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އަކަށް އެމްޑީއޭ އޮތް އިރު އެ ޕާޓީގައި ތިބީ 10620 މެންބަރުންނެވެ.

ސިޔާސީ ޕާޓީގެ ދަފްތަރުގައިވާ ގޮތުން ހަތަރު ވަނައަށް އެންމެ މެންބަރުން ގިނައީ ޖޭޕީގަ އެވެ. އެ ޕާޓީގައި ތިބީ 10577 މެންބަރުންނެވެ. ފަސް ވަނައިގައި އޮތް އަދާލަތު ޕާޓީގައި 7433 މެންބަރުން ތިބި އިރު ލިސްޓުގެ ހަވަނައިގައި އޮތް ޑީއާރްޕީގައި ތިބީ 3759 މެންބަރުންނެވެ.

ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އެމްޑީއޭ ރަޖިސްޓްރީ ކޮށްފައި ވަނީ 20 ޑިސެމްބަރު 2012 ގަ އެވެ. އެ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ވެސް މިވަގުތު އޮތް ހަމައެކަނި ޕާޓީ އެވެ.

comment ކޮމެންޓް