ކާނަލް ނާޒިމް ގޭބަންދުން ޖަލަށް ބަދަލުކޮށްފި

ކާނަލް ނާޒިމް މިއަދު ކެރެކްޝަންސްގެ ބެލުމުގެ ދަށުން ޖަލަށް ގެންދަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ގޭބަންދުން ޖަލަށް ބަދަލުކޮށްފި އެވެ.

މިއަދު މެންދުރު ކާނަލް ނާޒިލް ޖަލަށް ބަދަލުކޮށްފައި ވަނީ ފުލުހުންނާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުންނެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ލުގުމާން 'ސަން' އަށް ވިދާޅުވީ ނާޒިމް ގޭ ބަނދުގައި ބެހެއްޓީ ވަގުތީ ގޮތުން ކަމަށާއި މިއަދު ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނާޒިމްގެ މައްސަލަ ޝަރުއީ ތިން މަރުހަލާ ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

comment ކޮމެންޓް