ޕަރިނީތީގެ ލަވަކިޔުން ގިނަ ބަޔަކަށް ކަމުގޮސްފި

ބަތަލާ ޕަރިނީތީ ޗޯޕްޅާ އޭނާގެ ކުރިއަށް އޮތް ފިލްމު، 'މޭރީ ޕިޔާރީ ބިންދޫ' އަށް ކިޔައިދީފައިވާ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

އެ ފިލްމަށް ޕަރިނީތީ ކިޔައިދީފައިވާ 'މާނާ ކެ ހަމް ރާޔް ނެހީ' އަކީ އޭނާގެ ފުރަތަމަ ލަވަ އެވެ. މިއަދު ޔޫޓިއުބުގައި ލަވަ ލޯންޗު ކޮށްފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ޕަރިނީތީގެ ލަވަ ކިޔުމަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ޕަރިނީތީގެ ދެބެންގެ ދެދަރި ދައްތަ، އަދި ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ ޕަރިނީތީގެ ލަވަކިޔުމަށް ތައުރީފުކޮށް، ޕަރިނީތީ އާމެދު އޭނާގެ ބައްޕަ އާއި ޕްރިޔަންކާގެ ބައްޕަ ވެސް ފަޚުރުވެރި ވާނެ ކަމަށް ބުނެފަ އެވެ.

ޕްރިޔަންކާގެ ޓުވީޓަށް ޖަވާބު ދެމުން ޕަރިނީތީ ބުނީ، ހިނގަން ބޭނުން ވަނީ ޕްރިޔަންކާގެ ފިޔަވަޅު މަތިން ކަމަށާއި، އޭނާގެ ބައްޕަ ހުރީ ލަވަ އާމެދު ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ.

ކައުސަރު މުނީރުގެ ޅެމަކަށް ލަވައިގެ މިޔުޒިކް ތައްޔާރުކޮށްދީފައި ވަނީ ސަޗިން ޖިގާރު އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗާ އުފައްދާފައިވާ ފިލްމު 'މޭރީ ޕިޔާރީ ބިންދޫ'ގައި ޕަރިނީތީއާ އެކު ދެން ފެނިގެން ދާނީ އާޔޫޝްމަން ޚުރާނާ އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 12 ވަނަ ދުވަހު އެވެ.

comment ކޮމެންޓް