ގައުމީ ޓީމުގެ ވައިސް ކެޕްޓަނުންނަށް އުމެއިރުއާއި ޝާފީ

ގައުމީ ކޯޗު އުމެއިރް އާ ބޭންޑް ހަވާލް ކުރަނީ--ސަން ފޮޓޯ/ މުހައްމަދު ސަމާހް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ގައުމީ ޓީމްގެ ވައިސް ކެޕްޓަނުންގެ ގޮތުގައި، ތަޖްރިބާކާރު ކުޅުންތެރިއާ މުހައްމަދު އުމެއިރު އަދި ޑިފެންޑަރުު ޝާފިއު އަހްމަދު (ޝާފީ) ހަމަޖައްސައިފިއެވެ.

މި ދެކުޅުންތެރީން އެ މަގާމުތަކަށް ހަމަޖައްސައި މިއަދު ހަވީރު އެފްއޭއެމްއިން ބޭއްވި ގައުމީ ޓީމްގެ މީޑީޔާ އިވެންޓުަގައިވަނީ ވައިސް ކެޕްޓަން ބޭންޑް ހަވާލުކޮށްފައެވެ. ބޭންޑް ހަވާލުކޮށްދެއްވީ ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓެވެ.

މިއަދު ވައިސް ކެޕްޓަނަކަށް ހަމަޖެއްސި މާޒިޔާގެ އުމެއިރަކީ މީގެ ކުރިން ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަދި މި ވަގުތު ގައުމީ ޓީމްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއާއެވެ. ޝާފީ އަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރު ވެރި ޑިފެންޑަރުން ތެރެއިން ޑިފެންޑަރެކެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަން ޝާފީ--ސަންފޮޓޯ/ މުހައްމަދު ސަމާހް

މި ދެކުޅުންތެރިން ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖެއްސި އިރު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގައި ދިވެހި ގައުމީ ޓީމްގެ ކެޕްޓަންކަން ކުރާނީ ތަޖުރިބާކާރު މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

ގައުމީ ކޯޗް އަޑުބަރޭއާ ކެޕްޓަން ބޭންޑް ހަވާލް ކުރަނީ--ސަންފޮޓޯ/ މުހައްމަދު ސަމާހް

މީގެ ކުރިން ފަލަސްތީނާ ދެކޮޅަށް 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅުނު ދިވެހި ޓީމްގައިވެސް އިސްދައުރެއް އަދާކުރި އަޑުބަރޭ ކެޕްޓަނަކަށް ހަމަޖެއްސީ އޭނާއަކީ މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާއަށް ވެފައި އޭނާއަށް ހަގީގަތުގައިވެސް އެ މަގާމު ހައްގުވާތީ ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ވަނީ ބުނެފައެވެ.

comment ކޮމެންޓް