ޗެނަލް 13ގެ އެކައުންޓް ފްރީޒްކޮށްފި

ޗެނަލް 13 އޮފީސް-- ސަން ފޮޓޯ އަލީ ނަސީރު

މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ޗެނަލް 13ގެ އެކައުންޓް ފްރީޒްކޮށްފި އެވެެ.

އެ ޗެނަލްގެ ފައިނޭންސް މެނޭޖަރު މުހައްމަދު ނިޔާޒް 'ސަން' އަށް ވިދާޅުވީ އެ ޗެނަލްގެ އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށާއި، ނަމަވެސް ފްރީޒް ކުރި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

"މީރާ އިން އަންގައިގެން ކަމަށް ބޭންކުން ބުނަނީ. އެހެން ކަމުން މީރާއާ ގުޅައިގެން ސާފު ކުރަމުން މިދަނީ. އަދި ވަކި ކަމެއް ސާފެއް ނުވޭ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކައުންޓް ފްރީޒް ކޮށްފައި ވަނީ ކޮން ދުވަހެއްގައި ކަން ސީދާ ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އެކަން ފާހަގަވީ އެހެން ފަރާތަކަށް ދިން ޗެކެއް ރިޓާން ވުމުން އެކަން ބެލުމުން ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ފްރީޒްކޮށްފައި ވަނީ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓް ކަމަށެވެ.

comment ކޮމެންޓް