ރޯދައަށް އަނބު މޫސުން ނިމި އަގު މައްޗަށް ޖެހޭނެ: ވިޔަފާރިވެރިން

ދަތުރުވެރިންގެ މާރުކޭޓް ގައި އަނބު ވިއްކަން އަތުރާލާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރޯދަ މަސް ފެށެން ވާއިރަށް މިހާރު ފެށިގެން އުޅޭ އަނބު މޫސުން ނިމި އަނބުގެ އަގު މައްޗަށް ޖެހޭނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި އަނބުވިއްކަން ތިިބި ބައެއް ދަނޑުވެރިން ބުނިި ގޮތުގައި މޭ މަހު 26 ގައި ރޯދަ މަސް ފެށެން ވާއިރަށް އަނބު ލިބުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިލާނެ ޖެހޭނެއެވެ.

"ކޮންމެ އަހަރަކު ވެސް އަނބު މޫސުން މިއަންނަނީ އެއްފަހަރު. އެ ދުވަސްވަރު އަނބު ވަރަށް ތިޔާގި ވާނެ. ނަމަވެސް އަނބު ލިބުން އެއްކޮށެއް ނުހުއްޓޭނެ. ކޮންމެ ވެސް ވަރަކަށް ލިބެމުންދާނެ،" މާރުކޭޓްގައި އަނބު ވިއްކަން އިިން ދަނޑުވެރިއަކު ބުންޏެވެ.

އޭނާ ބުނީ އާންމު ގޮތެއްގައި އަނބު ވިއްކަނީ 100 ރުފިޔާއަށް ބައެއް ކަމަށާއި މި ދުވަސްވަރުގައި ބައެއްގައި 10 ނުވަތަ 13 އަނބު ހުންނައިރު އަނބު މޫސުން ނިމި ރޯދަމަހު ބައެއްގައި ހުންނާނީ ފަހެއް ނުވަތަ ހަތަރު އަނބު ކަމަށެވެ.

އަނބު މޫސޫމުގައި މުޅި މާރުކޭޓް އަނބުން ފުރާލާފައި އޮތް ނަމަވެސް އާންމު ރައްޔިތުން ބުނަނީ އަދިވެސް އަނބުގެ އަގު އެންމެ ހެޔޮ ނުވާ ކަމަށެވެ. ނަމަވެސް ދަނޑުވެރިންނާއި ވިޔަފާރި ވެރިން ބުނަނީ އެމީހުންކުރާ މަސަތްކަތަށް އަޅާ ބަލާއިރު މިހާރު އަނބު ވިއްކަމުން މިދަނީ އެންމެ ހެޔޮއަގުގައި ކަމަށެވެ.

comment ކޮމެންޓް