"އައްޑޫ ބިޒްނަސް ޑައިލޮގް" ފަށައިފި

"އައްޑޫ ބިޒްނަސް ޑައިލޮގް" ރަސްމީކޮށް ފެށުން: މިއީ އީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެއް--/ފޮޓޯ، ވިޔަފާރިއާއި ބެހޭ ވުޒާރާ

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ވިޔަފާރީގެ ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އައްޑޫ ބިޒްނަސް ޑައިލޮގް ރަސްމީކޮށް ފަށައިފިއެވެ. މިއީ އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ބާއްވާ ހަރަކާތެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޑައިލޮގްގެ މައިގަނޑު މަގުސަދަކީ ވިޔަފާރިވެރިންގެ ހިޔާލު ހޯދައިގެން، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ މުހިންމު ސިޔާސަތުތައް އެކުލަވާލުމެވެ. މީގެ ސަބަބުން އައްޑޫގެ އިގުތިސާދީ ދުވެލި ހަލުވިވެ، އައު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ވުޒާރާއިން ލަފާކުރެއެވެ.

  • އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބައްދަލުވުމެއް ފެށުން
  • ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުން
  • އަތޮޅުތެރޭގެ އިގުތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް
  • ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި ހިޔާލު ހޯދުން

އައްޑޫ ސިޓީގައި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވައިދިނުމަށް "އައްޑޫ ބިޒްނަސް ޑައިލޮގް" ރަސްމީކޮށް ފަށައިފިއެވެ.

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބުނީ މިއީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ ބައްދަލުވުމެއްކަމަށެވެ.

ވުޒާރާއިން ބުނެފައިވާގޮތުގައި މިއަދާއި މާދަމާ، ކުރިއަށްގެންދާ މި ބައްދަލުވުމަކީ މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތެރޭގެ އިޤުތިސާދު ވަރުގަދަކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގާ ވިޔަފާރިތަކުގެ ބައިވެރިވުން އިގްތިޞާދީ ހަރަކާތްތަކުގައި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ.

https://sun.mv/221788

މި ޑައިލޮގްގެ ތެރެއިން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އަމާޒަކީ މިފަދަ ބައްދަލުވުންތަކުގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިގްތިޞާދީ ފުރުސަތުތައް ފުޅާކޮށް، އިގްތިޞާދު ވަރުގަދަކުރުންކަމަށެވެ.

މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިޞާދީ ދުވެލި ހަލުވިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

comment ކޮމެންޓް