އަންނަ ހަފްތާގައި ސްކޫލުތައް ފެށުމަށް އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން

ބޭރު ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ---

އަންނަ ހަފްތާގައި ސުކޫލުތައް ހުޅުވުމާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން މިދިޔަ ހަފްތާ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައިވާ އިރު މިހަފްތާއަކީ ސުކޫލުތަކުގެ މިޑްޓާމް ބަންދު ހަފްތާ އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޯގާގެ ކަންކަން އޮތް ހާލަތު އެޑިއުކޭޝަންއަށް ހިއްސާކޮށްފައިވާނެ ކަމަށާއި ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

އެޑްކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ވަކިގޮތެއް ނިންމައި އާންމުކުރަން އެޑިއުކޭޝަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރޯގާ ފެތުރުން ކޮންޓުރޯލް ކުރުމަށް ޓަކައި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގައި ތިބުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެ އެވެ. ރޯގާގައި ތިން މީހަކު ރާއްޖެ އިން މަރުވެފައިވާއިރު ގިނަ ބަޔަކު ދަނީ ފަރުވާހޯދަމުންނެވެ.

comment ކޮމެންޓް