ގައުމީ ޔުނިވާސިޓީގެ އޮގަސްޓު އިންޓޭކަށް ހުޅުވާލަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން މިއަހަރުގެ އޮގަސްޓު އިންޓޭކަށް ފޯމު ހުށެހެޅުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފިއެވެ.

މިއަދު އެ ޔުނިވާސިޓީން ބުނީ، ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހެނދުނު 8:00 ޖަހާއިއިރު ހުޅުވާލާނެ ކަމަށެވެ.

އެގޮތުން ކޯސްތަކަށް ފޯމު ހުށަހެޅޭނީ އޮންލައިކޮށް އެ ޔުނިވާސިޓީގެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެ ޔުނިވާސިޓީގައި، ބިޒްނަސް މެނޭޖްމަންޓް، އެޑިއުކޭޝަން އެންޑް ޓެކްނޮލަޖީ، އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ، ހެލްތް ސައިންސެސް، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އަދި މެރިޓައިމް ކޯސްތަކުގެ އިތުރުން، މެޑިސިން އަދި ނާސިންގެ ކޯސްތަކާއި ޝަރީއާއިން ލޯގެ ކޯސްތައް ކުރިއަށް ގެންދެއެވެ.

އަންނަ އާދިއްތަ ދުވަހު ކޯސްތަކަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވާލާއިރު، ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 25ވަނަ ދުވަހެވެ.

comment ކޮމެންޓް