ސޫދާނުން ދިވެހި ސިފައިންނަށް ތަމްރީނާއި ސްކޮލާޝިޕް ފުރުސަތު ފަހިކޮށްދެނީ

ސޫދާން ސަފީރާއެކު ޑިފެންސް މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ސޫދާން ސަރުކާރުގެ ފަރާތުން ދިވެހި ސިފައިންނަށް ތަމްރީންގެ ފުރުސަތުތަކާއި ސްކޮލާޝިޕް ފުރުސަތުތައް ފަހިކޮށްދެއްވާނޭ ކަމަށް ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވިދާޅުވެއްޖެއެވެ.

ސޫދާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ސިރާޖުއްދީން ހާމިދު ޔޫސުފް އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ރާއްޖެއާއި ސޫދާންއާ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި އަސްކަރީ ދާއިރާއިން ސިފައިން ތަމްރީނު ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް