އިންޑިއާއިން ލަކްޝަދީޕްގައި އިތުރު އަސްކަރީ މަރުކަޒެއް ގާއިމުކުރަނީ

އިންޑިއާ ކަނޑުގެ ސިފައިން -- ފޮޓޯ/ރޮއިޓާސް

ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ލަކްޝަދީޕްގެ ޖަޒީރާ ރަށެއް ކަމުގައި މިނިކޯއީގައި އާ އަސްކަރީ މަރުކަޒެއް ގާއިމުކުރަން ރާވައިފައިވާކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

އައިއެންއެސް ޖަތަޔޫ ކޮޔާ ނަމަކަށް ކިޔާ އެ އަސްކަރީ މަރުކަޒާބެހޭ އިތުރު ތަފްސީލު މި މަހުގެ ހަވަނަ އެ ގައުމުގެ ކަނޑުގެ ސިފައިން ހާމަކުރާނެއެވެ.

މިނިކޯއީ އަކީ ލަކްޝަދީޕް އެންމެ ދެކުނުގައި އޮންނަ ރަށެވެ.

"އަސްކަރީ މަރުކަޒުގެ ސަބަބުން އިންޑިއާ ކަނޑުގެ ސިފައިން މިހާރު ހިންގަމުންދާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވޭނެ. އިންޑިޔާގެ ކަނޑުގެ ސިފައިން އަރަބި ކަނޑުގައި ހިންގާ ކަނޑުފޭރުމާއި ޑުރަގު އެތެރެކުރުން ހުއްޓުވާ އޮޕަރޭޝަންތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ،" އަސްކަރީ މަރުކަޒު ގާއިމުކުރުމާ ގުޅިގެން ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒެއް މިހާރު ވެސް ލަކްޝަދީޕްގައި އެބަހުއްޓެވެ.

comment ކޮމެންޓް