Sun Online
ގަސް ވެއްޓުނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް -- ފޮޓޯ: އޭއެފްޕީ
ގަސް ވެއްޓުނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް -- ފޮޓޯ: އޭއެފްޕީ

ގާނާގެ ކޯރެއްގެ ތެރެޔަށް ގަހެއް ވެއްޓި، އޭގެ ދަށުވި 20 މީހަކު މަރުވެއްޖެ

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

އަކްރާ (މާޗް 20): ގާނާގެ ކިންޓަމްޕޯގެ ކޯރެއްގެ ތެރެއަށް ބޮޑު ގަހެއް ވެއްޓުމުގެ ސަބަބުން 20 މީހަކު މަރުވެއްޖެ އެވެ.

އެމާޖެންސީ އޮފިޝަލުން ވިދާޅުވި ގޮތުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ވޯޓާފޯލެއް ކައިރީ އޮންނަ އެކޯރަށް ގަހެއް ވެއްޓުނީ ފަތުރުވެރިންނާއި ސްކޫލް ކުދިންތަކެއް ކޯރުގައި ފަތަން އުޅެނިކޮށެވެ. ގަސް ވެއްޓުނީ ވިއްސާރައިގެ ސަބަބުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ގާނާ ނެޝަނަލް ފަޔާ ސާވިސްގެ ތަރުޖަމާނު ޕްރިންސް ބިލީ އެނެގްލޭޓް ވިދާޅުވި ގޮތުގައި ގަސް ވެއްޓުމުގެ ސަބަބުން 18 ކުއްޖަކު މަރުވީ އެ ހާދިސާ ހިނގި ވަގުތެވެ. އަދި ދެ ކުއްޖަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަދި އެ ހާދިސާގައި އަނިޔާވި 11 މީހަކަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ. އޭގެ ތެރޭގައި ސްކޫލުކުދިން ގޮވައިގެން ފަތަން ދިޔަ ސްކޫލް އެޑްމިނިސްޓްރޭޓަރު ވެސް ހިމެނޭ ކަމަށް އެންގްލޭޓް ވިދާޅުވި އެވެ. (ބީބީސީ)

ގުޅޭ ޓެގު

ގާނާ
infinity loading...
×
DB released 01.