ފުލޫއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް އައިޖީއެމްއެޗުން މެދުކަނޑާލައިފި

އައިޖީއެމްއެޗުގެ ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަންގޮސް ތިބި ބައެއް މީހުން --- ސަންފައިލް ފޮޓޯ

އައިސީޔޫގައި އެޓްމިޓް ކުރަން ޖެހޭ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދު ކަނޑާލަން އައިޖީއެމްއެޗުން ނިންމައިފި އެވެ. އެކަމަކު އެމަޖެންސީ އޮޕަރޭޝަންތައް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަލުވިިކަމާއެކު މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ފުލޫއާ ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށެވެ.

އެހެންކަމުން އެމްޖެންސީ ނޫން އައިސީޔޫގައި އެޑްމިޓްކުރަން ޖެހޭ އޮޕަރޭޝަންތައް މާދަމާއިން ފެށިގެން ކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"މި ދެންނެވި ސާޖަރީތައް މެދުކަނޑާލިއަސް އައިސީޔޫގައި އެޑްމިޓް ކުރަން ނުޖެހޭ ސާޖަރީތައް ކުރިއަށް ދާނެ ވާހަކަ ދަންނަވަން،" އައިޖީއެމްއެޗުން ބުންޏެވެ.

އެޗް1އެންވަން ފުލޫ އާ ގުޅިގެން އައިޖީއެމްއެޗުގައި ވަނީ ހާއްސަ ވޯޑެއްވެސް ހަދާފަ އެވެ. އަދި ފުލޫ ކްލިނިކެއް ހަދައި ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް އެޗްވަންއެންވަން އަށް ޕޮސިޓިވްވި ދެ މީހަކު މަރުވެފައިވާއިރު 114 މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުންޏެވެ.

comment ކޮމެންޓް