ގެއެއްގެ ޓެރަސް މަތިން ވެއްޓުނު މީހަކަށް ފަރުވާދެނީ؛ ބޮލަށާއި ފަޔަށް ސީރިއަސް އަނިޔާތަކެއް

މާފަންނު ގެއެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހަކު، އެމްއެންޑީއެފްއިން ސްޓްރެޗާއެއްގެ މައްޗަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި -- ފޮޓޯ/ އެމްވީކްރައިސިސް

މާލޭ ގެއެއްގެ ޓެރަސް މަތިން އެހެން ގެއެއްގެ މައްޗަށް މިރޭ ވެއްޓިފައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން "ސަން"އަށް ބުނީ އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ، މާފަންނު ގެއެއްގެ ޓެރަސް މަތިން، ޖެހިގެން ހުރި ހަދަމުންދާ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާގެ ޝީޓް މައްޗަށް ކަމަށެވެ.

އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ މީހާއަށް އެމާޖެންސީންގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ފަޔަށާއި ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މާފަންނު ގެއެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހަކު، އެމްއެންޑީއެފްއިން ސްޓްރެޗާއެއްގެ މައްޗަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

comment ކޮމެންޓް