ވެބް ސީރީޒް އަކާ އެކު ރާމް އާއި ސާކްޝީ އަނެއްކާ ވެސް އެކުގައި!

'ކަރްލެ ތޫ ބީ މޮހޮއްބަތު' ގެ ޕޯސްޓަރު --

ސޮނީ ޗެނަލް އިން ގެނެސްދިން އެކްތާ ކަޕޫރުގެ ކާމިޔާބު ޓީވީ ސީރީޒް 'ބަޑޭ އައްޗޭ ލަގްތޭ ހޭ' އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ޖޯޑު ރާމް ކަޕޫރު އަދި ސާކްޝީ ތާންވަރް އަނެއްކާ ވެސް އެކުގައި ސީރީޒް އެއްގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.

މި ފަހަރު ސާކްޝީ އާއި ރާމް އެނބުރި އެކުގައި ފެނިގެން ދާނީ އެކްތާގެ ވެބް ސީރީޒް 'ކަރްލެ ތޫ ބީ މޮހޮއްބަތު' އިންނެވެ. މިހާރު ވަނީ އެ ސީރީޒްގެ ޕޯސްޓަރު އާންމު ކޮށްފަ އެވެ.

ސީރީޒްގައި ރާމް ފެނިގެން ދާނީ ކަރަން ޚަންނާ ނަމަކަށް ކިޔާ ސެލެބްރިޓީ އެއްގެ ރޯލުންނެވެ. އަދި ސާކްޝީ ފެނިގެންދާނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވުމާ ދެކޮޅަށް މަސައްކަތް ކުރާ ސޯޝަލް އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.

ސީރީޒް އާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސާކްޝީ ބުނީ 'ބަޑޭ އައްޗޭ ލަގްތީހޭ' އަށްފަހު ރާމް އާ ދެމީހުން އެކުގައި އަލުން ޓީވީ އިން ފެނުމަށް ބޭނުންވާ ކަމަށް ބުނެ އެކްތާ އަށް ގިނަ އަދަދެއްގެ މެސެޖުތައް ލިބިފައިވާ ކަމަށެވެ.

ރާމް ކަޕޫރު ބުނީ، ދެ މީހުންގެ ސަޕޯޓަރުންނަށް ސީރީޒް ކަމުދާނެ ކަމަށާއި ޒުވާނުންނާ ވެސް މާބޮޑަށް ގުޅޭނެ ކަމަށެވެ.

އެ ވެބް ސީރީޒްގައި ހިމެނޭނީ 14 އެޕިސޯޑެވެ. ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް