ޝާހުގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާ ވެއްޖެ

ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާންގެ ކާރު

ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާންގެ ކާރުން ޖެހި، ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހުނަރުވެރި ބަތަލާ އާލިއާ ބަޓްގެ 24 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީ އަށް ދިޔަ މަގުމަތީގަ އެވެ. ޝާހުގެ ކާރު ފެނުމުން އާލިއާގެ ގޭ ކައިރީ ތިބި ނޫސްވެރިންނާއި ފޮޓޯގްރާފަރުން ވަނީ ކާރު ކައިރިއަށް އެއްވެފަ އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ފޮޓޯގްރާފަރު ކާރާއި މާ ކައިރި ވުމުންނެވެ. ޚަބަރުތައް ބުނާގޮތުން، ކާރު ދުއްވާފައި ދިޔައީ އޭނާގެ ފައިމަތިންނެވެ.

"އެއީ އާ ފޮޓޯގްރާފަރެއް. އެހެންވީމަ މާ ބޮޑަށް އުފާވީ ކަންނޭނގެ ޝާހުރުކް ޚާން ފެނުމުން. އޭނާ އަށް ނޭނގުނު ކާރާ މާބޮޑަށް ކައިރި ވެވުނު އިރުވެސް،" ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ނޫސްވެރިޔަކު ބުންޏެވެ.

ފޮޓޯގްރާފަރުގެ ފަޔަށް ކާރު އެރުމުން، ޝާހު ވަނީ ވަގުތުން ކާރުން ފައިބައިފަ އެވެ. އަދި ޝާހުގެ ކާރުގައި ފޮޓޯގްރާފަރު ވަނީ ހޮސްޕިޓަލަށް ފޮނުވައިފަ އެވެ.

ޚަބަރުތައް ބުނާގޮތުން، ފޮޓޯގްރާފަރަށް ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދިނީ ޝާހުގެ ޚަރަދުގައެވެ. އެ ފޮޓޯގްރާފަރަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް