ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރުމާ އެކު މާލޭގެ ބޭސް ފިހާރަތަކަށް ބާރުބޮޑުވެ ފޭސް މާސްކު ހުސްވެއްޖެ އެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ބައެއް ބޮޑެތި ކުންފުނިތަކުގެ ބޭސްފިހާރަތަކުން ފޭސް މާސްކު މިހާރު ވަނީ ހުސްވެފައެވެ.
އޭޑީކޭ ގެ ފާމަސީތަކުންވެސް މާސްކު ހުސްވެފައިވާއިރު، ބައެއް ބޭސް ފިހާރަތަކުގައި ސެނިޓައިޒާސް އަދި އެބަހުއްޓެވެ. ނަމަވެސް އޭގެ ޑިމާންޑުވެސް ބޮޑެވެ. ދެ ދުވަހެއްގެ ތެރޭ އެ ތަކެތިވެސް ހުސްވެދާނެ ކަމަށް ބޭސް ފިހާރަތަކުން ބުނެއެވެ.
އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ރާއްޖެއިން ޖެހުނު މީހުންގެ އަދަދު އިއްޔެ ހެނދުނު 27 ހުރި ނަމަވެސް، 12 ގަޑިއިރު ނުވަނީސް އެ އަދަދު ރޭ ވަނީ 51 އިތުރުވެފައެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.