ޖެހިޖެހިގެން ހޯދި ތިން ތައްޓާ އެކު ގޮއިދޫ ސްކޫލަށް ވޮލީގެ ރަނިކަން

16 އަހަރުން ދަށުގެ ޗެމްޕިއަން ގޮއިދޫ ސްކޫލް ފޮޓޯ އަކަށް ހުއްޓިގެން --ފޮޓޯ / ވީއޭއެމް

ބީޗް ވޮލީ މުބާރާތުގެ ތަށި މިލްކް ކުރުމަށްފަހު އިންޓަރ ސްކޫލު ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެންބައިގެ ތަށިވެސް ބ. ގޮއިދޫ ސްކޫލުން މިލްކް ކޮށްފިއެވެ.

އެ ސްކޫލުން މި މުބާރާތުގެ ތަށި ގެންދިޔައީ ފައިނަލުގައި އަހްމަދިއްޔާ ސްކޫލު 3-1 ސެޓުން ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު އަހްމަދިއްޔާއިން ގެންދިޔައީ 14-25 އިންނެވެ. ދެވަނަ ސެޓު ގޮއިދޫ ސްކޫލުން ގެންދިޔައީ 25-16 އިންނެވެ. އަދި ތިން ވަނަ ސެޓު 25-17އިންނެވެ. ފަހު ސެޓު އެ ޓީމުން ގެންދިޔައީ 25-21 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ގޮއިދޫ ސްކޫލުގެ އައިމިނަތު އަފާފް ނިޒާމްއެވެ.

މި މުބާރާތުގެ ބައެއް އެހެން ބައިތަކުގެ ފައިނަލް މެޗުތަކުގެ ނަތީޖާ ތަކަށް ބަލާއިރު 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ތާޖުއްދީން ސްކޫލު ބަލިކޮށް މުހިއްދީން ސްކޫލެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 12-25، 23-25 އަދި 27-25 އިންނެވެ.

މި ބައިގެ ފިރިހެން ބަޔަށް ބަލާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި 3-1 ސެޓުން މުހިއްދީން ސްކޫލު ބަލިކޮށް ތާޖުއްދީން ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަހްމަދު ނާއިލް މުހައްމަދެވެ.

އިންޓަ ސްކޫލް އަދި ކޮލެޖް ޔުނިވަސިޓީ ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ ހަ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް