ފިލްމީތަރި އައްޔަ މަރުވެފައި އޮއްވާ ފެނިއްޖެ

އަހުމަދު އަލީ: އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރު ގެއެއްގެ ތެރެއިން.

ދިވެހި ފިލްމީތަރި އަލީ އަހުމަދު (ހަތަރުއުދަރެސް އައްޔަ) ހެންވޭރު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ހ. ގާޑެން ފްލާވާއިންނެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އަލީ އަހުމަދުގެ މަރުވެފައި އޮއްވާ ފެނިފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށެވެ.

Ali Ahmed

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އައިއިރު، ކަނާތު ކުޑަ ކަޅުވާގައި ޓޭޕް އޮޅައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބުނެ އެވެ.

އައްޔަގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

އަލީ އަހުމަދުގެ މައްޗަށް ދައުވާކޮށްފައި ވިޔަސް، އެ މައްސަލައިގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.

comment ކޮމެންޓް